
އެލް.ޖީ.އޭގެ މުވައްޒަފުންނަށް އަމާޒު ކޮށްގެން ކ. ހުރާގައި މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
Staff Development Program Held in K. Huraa
1 week ago
The Maldives Institute of Local Governance (MILG), in collaboration with the LGA Club and the Secretariat of Huraa Council, successfully conducted a one-day Staff Development Program in K. Huraa on 15 August 2025. The program brought together 25 staff members for a series of structured activities designed to strengthen both professional and personal growth.
The initiative was designed to strengthen key workplace values. Through interactive and team-based activities, participants were guided to enhance communication, build trust, foster empathy, and improve teamwork and unity within the organization. These exercises highlighted the importance of working collectively towards shared goals, appreciating diverse perspectives, and creating a supportive and collaborative environment.
Beyond professional development, this program also emphasized the value of connection beyond the office setting. It provided opportunities for staff to build meaningful bonds, appreciate individual differences, and strengthen a collective sense of belonging within the organization.
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އާއި، އެލް.ޖީ.އޭ ކްލަބް އަދި ހުރާ ކައުންސިލް ގުޅިގެން 15 އޯގަސްޓް 2025 ގައި ކ. ހުރާގައި އެއްދުވަހުގެ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމުގައި 25 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގެ މުހިންމު ހުނަރުތައް ވަރުގަދަކުރުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ. އެކުވެރިކަމާއެކު ކުރިއަށްގެންދެވުނު ޓީމް މަސައްކަތްތަކުގެ ތެރެއިން، ބައިވެރިންގެ މެދުގައި މުޢާމަލާތްކުރުމުގެ ހުނަރު އިތުރުކޮށް، އިތުބާރު ބިނާކޮށް، އެހެން މީހުންނަށް އޯގާތެރިވުމާއި، މުއައްސަސާގެ ތެރޭގައި ޓީމްވޯކާއި އެއްބައިވަންތަކަން އިތުރުކުރުމަށް މަގުފަހިކޮށްދިނެވެ. މި ހަރަކާތްތަކުން އެއް އަމާޒަކަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ތަފާތު ޚިޔާލުތަކަށް އިޙްތިރާމްކުރުމާއި، އެކަކު އަނެކަކަށް އެއްބާރުލުން ދިނުމާއި އެކުވެރި މާހައުލެއް އުފެއްދުމުގެ މުހިންމުކަން ދަސްކޮށްދެވިގެންދިޔައެވެ.
ވަޒީފާގެ މާހައުލުގެ އިތުރުން، މި ޕްރޮގްރާމުން އޮފީސް މާހައުލުން ބޭރުގައިވެސް އެއް މުވައްޒަފަކު އަނެއް މުވައްޒަފަކާ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކޮށްދީފައިވެއެވެ. މި ޕްރޮގްރާމުން މުވައްޒަފުންނަށް މާނަހުރި ގުޅުންތައް ބިނާކުރުމަށާއި، ވަކިވަކި ފަރުދުންގެ ތަފާތުތަކަށް އިޙްތިރާމްކުރުމަށާއި، މުއައްސަސާގެ ތެރޭގައި އެކުވެރިކަމުގެ ރޫޙު އާލާކުރުމަށް ފުރުޞަތު ހޯދައިދިނެވެ