Question One
Lorem ipsum dolor sit amet, consectetur adipiscing elit. Curabitur semper vehicula nulla. Mauris id augue lectus. Sed ornare porttitor magna ut varius. Sed eget semper diam. Cras pretium massa faucibus dolor ornare vestibulum. Vivamus ullamcorper justo purus, eget accumsan leo maximus at. Ut in suscipit augue. Nulla vel ornare sapien. Integer vestibulum enim sit amet nisi interdum tempus.
Question Two
In lobortis congue varius. Vivamus fringilla pharetra nunc id luctus. Duis eget felis at sapien blandit rhoncus. Ut dui nisi, interdum sed neque vel, ullamcorper viverra nisi. Quisque ut viverra mauris. Duis lorem lectus, scelerisque rutrum magna eu, eleifend tincidunt neque. Donec sed rutrum ex.
Question Three
Fusce eget erat a turpis auctor eleifend. Donec sit amet augue non massa ornare dictum vel sed risus. Nulla facilisi. Suspendisse fermentum, risus eget feugiat porttitor, nulla orci lacinia elit, a rutrum velit dolor ut neque. Sed imperdiet gravida risus vitae gravida. Nam sollicitudin lobortis tincidunt. Suspendisse maximus arcu turpis, non hendrerit lectus venenatis eu. Sed vulputate imperdiet euismod. Maecenas condimentum volutpat orci ut imperdiet. Donec at euismod magna. Cras varius ex vitae quam facilisis vestibulum ac at sapien. Duis consequat turpis et malesuada tristique. Phasellus vehicula pellentesque nunc, a facilisis justo faucibus vitae. Proin tincidunt gravida aliquam. Integer egestas sollicitudin dui ac ullamcorper. Cras quam purus, aliquam at placerat id, accumsan feugiat augue.
ސުވާލު އެކެއް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އަކީ ކޮބާ؟
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށް ލާމަރުކަޒީ ޤާނޫނުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްޓަކައި އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. މި އިންސްޓިޓިއުޓަކީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ އިންސްޓިޓިއުޓެކެވެ.
ސުވާލު ދޭއް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ މެންޑޭޑަކީ ކޮބާ؟
- ކައުންސިލުތަކުގައި ފަންނީ ޤާބިލުކަން ހުރި މިންވަރު ބެލުމަށް ކުރެވޭ ދިރާސާތަކަށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީނުތައް ދިނުމާއި އެކަމަށް ބޭނުންވާ ޓްރެއިނިންގ މެޓީރިއަލްސް ތައްޔާރުކުރުން
- ލާމަރުކަޒީ ނިޒާމަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ރާވައި ހިންގުމާއި އެކަމަށް ބޭނުންވާ ލީފްލެޓްތަކާއި ފޮތްތައް ފަދަ މެޓީރިއަލްސް ތައްޔާރުކުރުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި އެކަމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން
- ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެދިގެން ހިންގާ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުން
- އަލަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މަޤާމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ރާވައި ހިންގުމާއި، ކައުންސިލަށް ލަފާދޭ ކޮމިޓީތަކުގެ މެންބަރުންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތައް ހިންގުން
- ކައުންސިލްތައް މޮނިޓަރިކޮށް އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޓްރެއިނިންތައް އެކުލަވާލައި ހިންގުން
- ލާމަރުކަޒީ ނިޒާމް ހިންގުމަށް ކަނޑައެޅިފައިވާ ތަމްރީންތައް މުރާޖަޢާކުރުން
- ކައުންސިލްތަކުގެ އާމްދަނީ އާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުން
- މި އޮތޯރިޓީން ރާވާ ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވަރކްޝޮޕުތަކުގައި ކިޔަވައިދޭނެ ފެސިލިޓޭޓަރުން ހޯދާ ކަމާގުޅޭ މަޢުލޫމާތާއި ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުން
ސުވާލު ތިނެއް
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ އޮންލައިން ޓްރޭނިންގ ޕޯޓަލް އަކީ ކޮބާ؟
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ އޮންލައިން ޓްރޭނިންގ ޕޯޓަލް އަކީ "ކިޔެވެނި ޕޯޓަލް" އެވެ. https://kiyeveni.mv/ މެދުވެރިކޮށް ލާމަރުކަޒީ ނިޒާމާއި އަދި މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން އަގުހުރި މައުލޫމާތާއި ފަންނީ ތަމްރީނާއި އެހީތެރިކަން މި ޕޯޓަލްގެ ޒަރީއާއިން ލިބޭނެ. ކިޔެވެނި ޕޯޓަލްގެ ކޯސްތަކުގެ ފެންވަރު ރަނގަޅުކޮށް، ޕޯރޓަލް އިން ލިބޭ ތަޖުރިބާ އިތުރަށް ފުޅާކުރުމުގެ މަޤުސަދުގައި ސެލްފް ޕޭސްޑް ކޯސްތަކުގެ އިތުރުން މިހާރު އޮންލައިން ލައިވް ކްލާސްތައް ވެސް ވަނީ ތައާރަފްކުރެވިފައި. އެގޮތުން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުން އަދި އެކިއެކި ސްޓޫޑެންޓް ގްރޫޕްތަކަށް އަމާޒުކޮށްގެން ކޯސްތަކާއި ލައިވް ކްލާސްތައް ތާވަލުކުރެވިފައިވާ ތާރީހާއި ގަޑިތަކުގައި ކުރިޔަށް ގެންދެވޭނެ. އަދި ޕޯރޓަލްގައި ހިމެނިފައިވާ ތަފާތު ދާއިރާތަކުގެ ކޯސްތައް ފުރިހަމަކުރުމުން ވަޒީފާގެ މައިދާނުގައި ބޭނުންހިފޭނެ އީ-ސެޓްފިކެޓެއް ލިބިލައްވާނެ.