މާލެއަތޮޅުގެ ހުރިހާ ކައުންސިލްތަކަށް އަމާޒުކޮށްގެން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް، ވިޔަ ޕޯޓަލް އަދި ކައުންސިލްތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމުުގެ ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި

Procurement, Viya portal & Local Council's Financial Statement preparation Training

2 years ago

The Maldives Institute of Local Governance and the Maaleatholhu Atoll Council jointly conducted a training program on public procurement system, Viya portal and financial statement preparation of local councils from 4 December 2022 to 8 December 2022 for all councils in Maaleatholhu. A total of 27 participants from councils of Maaleatholhu were trained in this five-day training program.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އާއި މާލެއަތޮޅު އަތޮޅު ކައުންސިލް ގުޅިގެން، މާލެއަތޮޅުގެ ހުރިހާ ކައުންސިލްތަކަށް އަމާޒުކޮށްގެން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް، ވިޔަ ޕޯޓަލް އަދި ކައުންސިލްތަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއްވަނީ 4 ޑިސެމްބަރ 2022 އިން 8 ޑިސެމްބަރ 2022 އަށް މާލޭގައި ކުރިޔަށް ގެންގޮސްފައެވެ. މި ތަމްރީން ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސްގެ ފެސިލިޓޭޓަރުންނާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފެސިލިޓޭޓަރުންގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މި އިންސްޓިޓިއުޓްގެ ފެސިލިޓޭޓަރުންނެވެ.

ޖުމުލަ ފަސް ދުވަހުގެ މުއްދަތަށް މާލޭގައި ކުރިޔަށް މި ގެންދެވުނު ތަމްރީން ޕްރޮގްރާމްގައި މާލެއަތޮޅުގެ އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްތަކުން ޖުމުލަ 27 ބައިވެރިންވަނީ ތަމްރީންކުރެވިފައެވެ.