"ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ތަމްރީން ޕްރޮގްރާމުގެ 5 ވަނަ ބެޗް އިންޑިއާގައި ކުރިއަށް ގެންގޮސްފި!
“Capacity building and training of members of local councils, Women’s Development committees and staff of Local Government Authority” program has been conducted for batch 5.
5 months ago
The Leadership Development training program for local election representatives (batch 5) was conducted at the National Institute of Rural Development and Panchayati Raj in India, aimed at capacity building and improving the skills of local councils, WDC members, and staff of Local Government Authority. This training program took place from June 9 to June 22, 2024, in Hyderabad, India.
This training program targeted City Council members and City Councils’ WDC members. A total of 30 participants, including 29 members from city councils and WDC members and 1 staff from LGA completed this program.
This latest batch of trainees were given information on the decentralization system in India; localization of the Sustainable Development Goals for attainment of the SDGs through City Councils; leadership; urban development amenities and best practices in India; GIS-based Land Use Planning; scope for application of solar technology; solid and liquid waste management; climate change management and overall environment upgradation. Furthermore, best practices in India from the aforementioned fields and relevant site visits were also include in the training program.
ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން ކުރިއެރުވުމަށާއި، ހުނަރު ތަރައްޤީކުރުމުގެ މަޤްސަދުގައި މި އޮތޯރިޓީއާއި އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރ.ޑީ. އެންޑް ޕީ.އާރ) ގުޅިގެން ކުރިޔަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ތަމްރީން ޕްރޮގްރާމުގެ 5 ވަނަ ބެޗްކަމުގައިވާ "ލީޑަރޝިޕް ޑިވެލޮޕްމަންޓް ފޮރ ލޯކަލް އިލެކްޓެޑް ރިޕްރެޒެންޓޭޓިވްސް – ސިޓީ ކައުންސިލް" ކުރިއަށް ގެންގޮސްފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2024 ޖޫން 9 އިން 22 އަށް އިންޑިއާގެ ހައިދަރުއާބާދުގައެވެ.
މި ފަހަރުގެ ބެޗް އަމާޒުކޮށްފައިވަނީ ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށާއި އަދި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށެވެ. އެގޮތުން ސިޓީ ކައުންސިލްތަކުންނާއި އެ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ޖުމުލަ 29 ބައިވެރިންގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން 1 މުވައްޒަފަކު މި ޕްރޮގްރާމްގައި ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މިފަހަރުގެ ޕްރޮގްރާމްގައި އިންޑިއާގައި ލާމަރުކަޒީ ނިޒާމު ހިނގަމުންދާގޮތާއި، ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ސިޓީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކާއި، ލީޑާޝިޕާއި، އިންޑިއާގެ ލޯކަލް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކަންކަން ހިނގަމުންދާގޮތާއި އަދި އެކަންކަން ދިވެހިރާއްޖޭގައި ކުރެވިދާނެގޮތްތަކާއި، ޖީ.އައި.އެސް ބޭސްޑް ލޭންޑް ޔޫޒް ޕްލޭނިންގ އާއި، ސޯލާ ޓެކްނޮލޮޖީ އާއި، ކުނި މެނޭޖްކުރުމާއި، ތިމާވެއްޓާއި މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށް ތަރައްޤީގެ ކަންކަން ބައްޓަންކުރުމާ ގުޅޭގޮތުން މައުލޫމާތުދެވި ރާއްޖޭގައި މިކަންކަން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތުދެވިފައިވެއެވެ. މީގެއިތުރުން، ދެންނެވުނު ދާއިރާތަކުން އިންޑިއާގައި މަސައްކަތްތައް ކުރަމުންދާގޮތާއި އަދި މި ކަންކަން ތަޖުރިބާކުރުމުގެ ގޮތުން ސައިޓް ވިޒިޓްތައްވެސް މި ޕްރޮގްރާމްގައި ހިމެނިފައިވެއެވެ.