ބިނާވެށި ޕްލޭންކުރުމާ ގުޅޭ ތަމްރީން ކުރިއަށްގެންގޮސްފި
Capacity building training on land use Planning
2 years ago
Capacity building training on land use Planning has been conducted for local Councils, LGA and MILG. The training program was targeted to atoll councils and LGA staff. The training program was conducted from July 31 to August 13. The training program was facilitated by facilitators from MNU, Faculty of Engineering, Science and Technology. A total of 40 participants completed the program from atoll councils. 9 staff from the LGA completed the training. The main objective of the training is to enhance the capacity of stakeholders to prepare and maintain building plans in accordance with sustainable development principles with the help of latest technological tools and tools.
ލޯކަލް ކައުންސިލްތަކުގެ ބިނާވެށި ޕްލޭން ތައްޔާރުކުރުމުގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި މި އިންސްޓިޓިއުޓް ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މި ތަމްރީނު ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލް ތަކުގެ އިތުރުން އެލް.ޖީ.އޭގެ މުވައްޒަފުންނަށެވެ. މި ތަމްރީނު ޕްރޮގުރާމު ކުރިޔަށް ގެންގޮސްފައިވަނީ ޖުލައި 31 އިން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ ފެސިލިޓޭޓަރުންނެވެ. މި ޕްރޮގުރާމުގައި އަތޮޅު ކައުންސިލްތަކުގެ ފަރާތުން ޖުމުލަ 40 ބައިވެރިން އަދި އެލް.ޖީ.އޭގެ ފަރާތުން 9 މުވައްޒަފުން ބައިވެރިވެ މިތަމްރީނު ވަނީ ފުރިހަމަކޮށްފައެވެ. މި ޓްރޭނިންގގެ މައިގަނޑު މަޤްޞަދަކީ ސްޓޭކްހޯލްޑަރުންގެ މަޝްވަރާތަކުގެ ތެރެއިން، ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާލާތްތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާ އެއްގޮތަށް ބިނާވެށި ޕްލޭންތައް ތައްޔާރުކޮށް އަދާހަމަކޮށް ބެލެހެއްޓުމުގެ ފަންނީ ޤާބިލްކަން އިތުރުކުރުމެވެ