މި ޕްރޮގްރާމަކީ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އަދި އާންމުންގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މުޖުތަމަޢުގައި އަންހެން ލީޑަރުން އިތުރުކުރުމުގެ މަގްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމުގައި އަންހެން ލީޑަރުން އުފެދުމުގައި ހުންނަ ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތަކުން އަރައިގަންނެވޭނެ ގޮތްތައް އެކުލެވިގެންވެއެވެ.